
މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެމްޑީޕީގެ، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާން ފޮނުއްވުމާ ގުޅިގެން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި، މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓް އަމުރެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.