ޚަބަރު
ހާރިޖީ ދާއިރާގެ ދެ ބޭފުޅަކަށް އެންމެ މަތިވެރި ޝަރަފު އަރުވަނީ
ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

މި ދެ ބޭފުޅުންނަށް މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ގައެވެ.

މިއީ ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެކެވެ.

މި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަރުވާނީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ. 

އެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު