
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކަމަށާއި ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށެވެ. މި ކެމްޕޭންގައި މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދޭނެ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި ދިރިއުޅޭ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުންނަށް އިސްކަންދޭނެ އެވެ.