ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރަން 75 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް
އައިމިނަތު ޝިޔާޒާ
13 ޑިސެމްބަރ 2023 - 10:09
0
comments
ފިނޭންސް މިނިސްޓަރު ޝަފީގު (ކ) އާއި އޭޑީބީގެ ސީނިއާ އޮފިޝަލުން
Tweet
Telegram
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ނިޒާމުތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އާއެކު 75 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ޕަވާ ޕާޗޭސިން އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރެވޭނެ ކަމަށާއި އެ ނިޒާމުތަކަށް ގާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި މިރަށްރަށުގު ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ހިމެނޭ ކަމަށެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އެއް ރަށުގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދުމުގެ ޕައިލެޓް ޕްރޮޖެކްޓް ވެސް ކުރިއަށް ދާނެ އެވެ.
މީގެ އިތުރުން ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމްކުރުމާއި، އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
މި މަޝްރޫއުގެ ތެރެއިން "މަގޭ ސޯލާ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ ތިން މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ހަރަދުކުރާނެ އެވެ. އަދި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެ ކަރަންޓުގެ އެހީގައި ހިންގާގޮތަށް ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާމިން ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގާނެ އެވެ.
"މި ޕްރޮޖެކްޓުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލު ސަލާމަތްކުރެވި އޭގެ ސަބަބުން އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަނަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ދުބާއީގައި މިފަހުން ބޭއްވި މޫސުމާ ބެހޭ ސަމިޓު، ކޮޕް28 ގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓް އިތުރުކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު އެ އެއްބަސްވުމުގެ ދަށުން އެކަން ހާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ.
މިހާރު މުޅި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ ހަތަރު ޕަސެންޓުގަ އެވެ. އެ އަދަދު އިތުރުކުރެވޭނީ ބޭރުގެ އެހީއާ އެކު ކަމަށް ވެސް ރައީސް ކޮޕް28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ގަޑިއިރު ކުރިން
0
ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި
1 މަސް ކުރިން
0
ހިމާޔަތް ކޮށްފައިިވާ ސަރަހައްދުތަކުން ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތް ހަދައިފި
2 މަސް ކުރިން
0
ހޫނު ގަދަވެ، ގާ ހުދުވާތީ ސަމާލުވާން އެދިއްޖެ
2 މަސް ކުރިން
0
އީއައިއޭއާ ހިލާފަށް ހިންނަވަރު މަގު ހެދުމުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
9 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
10 ގަޑިއިރު ކުރިން
0
ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
10 ގަޑިއިރު ކުރިން
0
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި
11 ގަޑިއިރު ކުރިން
0