
ނާޒިމްގެ ކުރީން ރައީސް މުއިއްޒު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް / ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާ ވެސް މިއަދު ރައީސް ބައްދަލު ކުރެއްވި އެވެ. ނަމަވެސް މި ދެ ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ނުދެ އެވެ.ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލްވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.