
ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރެއްވުމަށްފަހު ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކުރިއަށް އޮތް މަޖިލީހަށް ވެސް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެ ފައެވެ. އަދި ކުރިމަތި މާމިގިލީ ގޮޑިއަށް ކަމަށް ވިދާޅުވި އެވެ.ފާއިތުވި ތިން ދައުރުގައި ވެސް މާމިގިލީ ދާއިރާގެ ގޮނޑި ފުރުއްވީ ގާސިމް އެވެ.ރައީސުލްޖުމްހޫރިއްޔާއާއި ޤާސިމް އިބްރާހީމް ބައްދަލުކުރައްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވެރިކަކުރާ ޕީޕީއެމް/ޕީއެންސީއާއި، ޤާސިމްގެ ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާކުރައްވާފައެވެ.