ޚަބަރު
ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދިއްޖެ
ޗުއްޓީއާއި ޓޫރިޒަމް ސީޒަނާއި ދިމާކޮށް ގިނަ ބަޔަކު އެކި ދަތުރުތައް ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްއަށް ދާނެތީ ފުރުމުގެ ތިން ގަޑި އިރު ކުރިން އެއާރޕޯޓްއަށް ދިއުމަށް އެދިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިއުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން ބުނީ، އިންޓަނޭޝަނަލް ފްލައިޓްތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ. 

އަދި އަތޮޅުތެރެއަށް ދަތުރުކުރާނަމަ ފުރަން ހަމަޖެހިފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އިލްތިމާސް ކުރެ އެވެ.

މިގޮތަށް އަމަލުކުރުމުން ދިގު ކިއުތަކުގައި ޖެހުން މަދުކުރެވި ފްލައިޓު ޑިލޭވުންފަދަ ކަންކަމުން ސަލާމަތް ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ކޮންމެ އަހަރަކު ވެސް މި ސީޒަނާއި ދިމާކޮށް، އެއާޕޯޓް ވަަރަށް ބާރުބޮޑުވާކަން ފާހަގަކޮށްލެވެ އެވެ. އަދި މި ދުވަސްވަރަކީ އުމުރާއަށް ވެސް ގިނަ ބަޔަކު ފުރަމުންދާ ދުވަސްވަރެއްކަމަށްވުމުން އެއާޕޯޓްގައި ތޮއްޖެހުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު