ވިޔަފާރި
ވީއައިއޭގައި ކާގޯ އޮފީސް ހިންގާނެ ބަޔަކު ހޯދަނީ
ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުއްވާ ރައީސް އެތަން ބައްލަވާލައްވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ކާގޯ ޓާރމިނަލް އިމާރާތުގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކޮމްޕެނީއިން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި އިއުލާނުގައި ބުނެފައިވަނީ އަލަށް އިމާރަތްކޮށްފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީހެއް ހަދައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތަކުން އޮފީސް ހަދައި ހިންގަންވާނީ އެ ކުންފުނިން އެކުލަވާލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ އިއުލާނުގައި ބަޔާންކޮށްފައިވާ 4 ކެޓަގަރީގެ ތެރެއިން މަދުވެގެން އެއްކެޓަގަރީއިން ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެެ ކަމަށާއި އެކަން ކަށަވަރު ކޮށްދިނުމަށްޓަކައި އެ ކެޓަގަރީއެއްގެ ޝަރުތު ހަމަވާކަން ޔަގީންކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރު ތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން/ޕްރޮޕޯސަލް" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެ ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ 15 ގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު