ޚަބަރު
ވެލާނާ އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން އާރުޑީސީއާ ހަވާލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސަރަހައްދުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. އާރްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.

މި އެއްބަސްވުމުގެ ދަށުން އާރްޑީސީން ވެލާނާ އެއާޕޯޓުގެ އެތެރޭގެ މަގުތަށް މަރާމާތުކޮށް ބަލަހައްޓާނެ އެވެ. މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ ލޭންޑް ސައިޑް މަގުތަށް ހެދައި މަރާމާތުކޮށް ބެލެހެއްޓުމަށް ވަނީ އެއްބަސްވެވިފަ އެވެ. މީގެއިތުރުން އެއާޕޯޓުގެ ތަރައްގީއާއި ގުޅުން ހުރިކަންކަމުގައި އާރްޑީސީން އެމްއޭސީއެލްއަށް އެހީތެރިވެދޭނެއެވެ.

އޭގެ އިތުރުން މަގުމަތީގެ ސަރަހައްދުތަކާއި ފެން ހިއްކުމުގެ ނިޒާމުތަކާއި އެއާ ގުޅުންހުރި އިންފްރާންސްޓްރަކްޗާ އާއި އެމްއޭސީއެލްގެ އިރުޝާދާ އެއްގޮތަށް އާންމު ތަންތަނާއި ސައިޑްވޯކްތަކާއި އެ ނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކޮށް، ނެގޭ ކުނި ނައްތާލުންވެސް ހިމެނޭ ކަމަށް އާރުޑީސީން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު