ޚަބަރު
އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ހަދަން ފަށައިފި
ރ. އަލިފުށި: މި ރަށުގައި އެއާޕޯޓު އަޅަން ވެސް ވަނީ ފަށައިފި. -- ފޮޓޯ: އައިލްސް.އެމްވީ
ރ. އަލިފުށީގެ މަގުތަކުގައި ތާރު އަޅަން ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.


އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

90 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 3.8 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާއިރު، މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމާއި މަގުބައްތި ޖެހުން ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމަން އެ ކުންފުންޏަަށް ދީފައި ވަނީ 540 ދުވަހެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު