ޚަބަރު
ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް
ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅު: ތެޔޮ ސްޓޯރޭޖު ބަދަލު ކުރަން ނިންމާފައިވަނީ އެ ފަޅަށް ކަމަށް
މާލެ އާއި ހުޅުމާލެއާ ދެމުގައި އޮންނަ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ބަދަލުކުރަން ނިންމާފައިވަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. 

މާގިރިފަޅަށް ފިއުލް ފާމް ބަދަލުކުރަން ނިންމިކަން ސަރުކާރުން ހާމަކުރުމުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވަނީ ޝެރެޓަން މޯލްޑިވްސް އާއި ކަނޑުއޮތްގިރި ކައިރީގައި އޮންނަ މާގިރިފަޅަކީ ގުދުރަތީ ގޮތުން މުއްސަނދިތަނެއްކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެކަން ސާފުކޮށްދެއްވާ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ، ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖު ބަދަލުކުރަން ނިންމާފައިވަނީ ޝެރެޓަން ރިސޯޓް ކައިރީގައި އޮތް މާގިރި ފަޅަށް ނޫން ކަމަށާއި އެ ތަން ބަދަލުކުރަނީ ތިލަފުށީ ކައިރީގައި އޮތް މާގިރި ފަޅަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު