ޚަބަރު
ހޫނު ގަދަވެ، ގާ ހުދުވާތީ ސަމާލުވާން އެދިއްޖެ
2016ވަނަ އަހަރު ބ. އަތޮޅު ރަށެއްގެ މުރަކައެއްގެ ހާލަތު -- ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް
ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް މި އަހަރު ވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.

އެމްއާރްއައިއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މުރަކަތައް ހުދުވުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މިހާރު ވެސް ބައެއް ހިސާބުތަކުގައި މުރަކަތައް ހުދުވާން ފަށައިފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ލަފާކޮށް އެމްއާރްއައިއިން ނެރުނު ފޯކާސްޓު ދައްކާގޮތުން ރާއްޖޭގެ ކަނޑުތައް މިހާރު އޮތީ "ވޮޗް ލެވެލް" ގައެވެ.

ގައު ހުދުވެފައިވާ މަންޒަރު މިއަހަރު މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވިދާޅުވެއެވެ. އެމްއެމްއާރްއައިން ވަނީ ގައު ހުދުވާކަން ފާހަގަވެއްޖެނަމަ، އެކަމަށް ޚައްސަކޮށްގެން އެއިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދިފައެވެ.

ގައު ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު، އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވުމެވެ. އެއިދާރާއިން ވިދާޅުވީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގައުތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ފަރުތައް ހުދުވަމުންދާ ސަރަޙައްދުތައް ދެނެގަނެވި އިންސާނުންގެ ފަރާތުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވިގެން ނޫނީ ފަރުތައް ހުދުވަމުންދިޔުމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަވުން ވަރަށް ބޮޑަށް ލަސްވާނެކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެ އެވެ. 

ގާ ހުދުވާނަމަ ކުރެވޭނީ ކޮން ކަމެއް؟

އެ ޖާނަލުން ބުނާ ގޮތުގައި ގާ ހުދުވުމުގެ އަލާމަތްތައް ފެންނަނަމަ ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

އެގޮތުން ބިން ހިއްކުންފަދަ މަސައްކަތްތައް މި ދުވަސްވަރު މަޑުޖައްސައިލުމާއި، ފީނުމާއި މޫދު ކުޅިވަރުތަކުގެ ތެރޭ މުރަކައިގައި އަތް ނުލުމާއި ވެލިގަނޑު ބުރައިގެން ދާހެން އަމަލުނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ނަގިލި އެޅުމުގައި ސަމާލުވުމާއި، ނަނާއި ދާގަނޑު މޫދަށް ދޫކޮށް ނުލުމުގެ އިތުރުން، ދިރޭ މުރަކަ ނުނެގުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު