ޚަބަރު
19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީކުރަން ޙަވާލުކޮށްފި
ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގާ އަޕްގްރޭޑް ކުރުމަށް ކޮންޓްރެކްޓަރުން އާއި އެކީގައި މިއަދު ސޮއި ކޮށްފި އެވެ. 

މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް އެސޯސިއޭޝަން – އައިޑާ އާއި އޭޝިއަން އިންފްރާސްޓަރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ ލޯނާއި ހިލޭއެހީގައި ހިންގަން ރާވާފައިވާ މަޝްރޫއެކެވެ.

ފުރަތަމަ ފިޔަވަހީގައި އަށް ރަށް ހިމެނެ އެވެ.

މި ފިޔަވަހީގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެބަސްވުމުގައި ސޮއިކުރީ ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓެޑާ އެކު އެވެ.

މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ލީ ގިއަންގް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

ސ. ފޭދޫ

ސ. މަރަދޫ ފޭދޫ

މަރަދޫ

ހިތަދޫ

ހުޅުދޫ

މީދޫ

ފުވައްމުލައް

ގދ. ތިނަދޫ

ޒޯން 2 އަދި 3 ގައި ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި، ޝީޖަރްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރއަކުންނެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޔީން ގިންގއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން، އައިޑާގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، އޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ 20 މިލިއަން ޑޮލަރުގެ އެހީގައެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ 26.2 އެމެރިކާ ޑޮލަރެވެ. އެއީ 404 މިލިއަން ދިވެހި ރުފިޔާއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޕް-28ގައި ދެއްކެވި ވާހަކަފުޅު އަމަލީ ގޮތުން ފެއްޓެވުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު