
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަ އިއްޔެ ހަމަވިއިރު އެޑްރެސް ބަދަލުވެގެން 450 ޝަކުވާ ލިބިފައިވާއިރު ދާއިރާ ބަދަލުވެގެން 40 ޝަކުވާ، މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި ވާތީ ލިބުނު 225 ޝަކުވާ،ލިސްޓްގައި ނަން ނެތިގެން 5 ޝަކުވާ، އައިޑީ ކާޑު ބަދަލުވެގެން އެއް ޝަކުވާ ވަނީ ލިބިފަ އެވެ.އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނަކާއި، 145،162 ފިރިހެނަކަށް ވޯޓު ލެވެއެވެ. މިއާއެކު ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،327 އަށް އަރައެވެ.މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ގިނަވެގެން ވޯޓް ފޮއްޓަކަށް 700 މީހުންނަށް ވޯޓްލެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފަ އެވެ.ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރިއަށް އޮތް 20 ވަނަ ދައުރަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ.