ވިޔަފާރި
އެއާކާގޯ ހިދުމަތާ ގުޅޭ ދިރާސާއެއް ހަދަނީ
ގައުމީ ފެންވަރުގެ ކާގޯ ސްޓަޑީޒްއެއް ހެދުމަށް ޓަކައި އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އެމްއެންޔޫގެ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ މި ދިރާސާއިން އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރެވެން ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ހިދުމަތްތައް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާތީ، ރާއްޖޭގައި ބޭހާއި ކޮންޒިއުމާ ގުޑްސް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމުގެ މުހިންމުކަން ބޮޑު ކަމުން ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ. 

އެމްއެންޔޫގެ ޑެޕިއުޓީ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާ ކާގޯ އަކީ ރާއްޖޭގެ އިގުތިސާދީ ހުރިހާ ދާއިރާއަކަށް މުހިންމު ހިދުމަތަކަށް ވާއިރު، މި ދިރާސާއިން އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަނެވޭނެ ކަމަށެވެ.

"މި ދިރާސާއިން ރާއްޖޭގައި މި ވަގުތު އެއާ ކާގޯގެ ހިދުމަތް ފޯޜުކޮށްދިނުމުގެ ހާލަތު ދެނެގަނެވޭނެ. ރާއްޖޭގައި ކާގޯ ރައްކާކުރެވެން ހުރި ފެސިލިޓީތަކާއި އެ ތަންތަނުގެ ކެޕޭސިޓީ އާއި އެއާކާގޯއިން ގެންދާ ކާބޯތަކެތި ރައްކާތެރިކަމާއި އެކު ސްޓޯކުރެވޭނެ އިންތިޒާމުތައް ހުރިތޯ ވެސް ދެނެގަނެވޭނެ،" ޑރ. ޝެހެނާޒް ވިދާޅުވި އެވެ.

ސާވޭގެ އިތުރުން އާއްމުންނާ އިންޓަވިއުކޮށްގެން މި ދިރާސާ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

އެ ދިރާސާ 16 ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ޑރ. ޝެހެނާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު