
އެމްއެންޔޫ އިން ބުނީ ރާއްޖޭގެ ދަނޑުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ތޮއްޑޫގައި އެގްރިކަލްޗާ އެންޑް ސައިންސަސް ފެކަލްޓީ ގާއިމު ކުރުމުން އެ ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބި ކުރިއަށް ދާން ބޮޑެޔި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.މީގެއިތުރުން، ފެކަލްޓީ ގާއިމުކުރެވުމާ އެއްކޮށް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީއާއި އުފެއްދުންތެރި ހިޔާލުތައް ތައާރަފުވާނެ ކަމަށާއި ގައުމުގެ އިގްތިސާދަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެ ވެ.އެމްއެންޔޫ އިންބުނި ގޮތުގައި ފެކަލްޓީގައި ހަތަރު ޑިޕާޓްމަންޓެއް ގާއިމުކުރާ ނެއެވެ. އެއީ ޑިޕާޓްމަންޓް އޮފް ހޯޓިކަލްޗާ އާއި ޑިޕާޓްމަންޓް އޮފް ޕްލާންޓް ޕްރޮޖެކްޝަނާއި ޑިޕާޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓާ މެނޭޖްމަންޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ފުޑް ސައިންސަސް އެންޑް ޓެކޮނޮލޮޖީ އެވެ.މީގެއިތުރުން، ފެކަލްޓީ ގާއިމުކުރެވުމާ އެއްކޮށް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީއާއި އުފެއްދުންތެރި ޚިޔާލުތައް ތައާރަފުވާނެ ކަމަށާއި ގައުމުގެ އިގްތިޞާދަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.އެމްއެންޔޫއިން ބުނީ، ތޮއްޑޫގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުމުން، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ.ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށެވެ.