ވިޔަފާރި
ތޮއްޑު އަށް ސީޕްލޭންގެ ހިދުމަތް ފަށައިފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށައިފި އެވެ.

ތޮއްޑު އަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވަނީ ބައިވެރިވެފަ އެވެ.

ތޮއްޑު އަށް މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް ހަފްތާއަކު ދެ ދުވަހު ބާއްވާނެ އެވެ. ސީޕްލޭންގެ ހިދުމަތާއެކު ތޮއްޑޫގެ ފަތުރުވެރިކަމާއި އިގުތިސާދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ހާއްސަ ފެއާ އެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 799 ރުފިޔާއަށް ލިބޭނެ އެވެ. 

މޯލްޑިވިއަނުން މީގެ ކުރިން ވަނީ ނ. ވެލިދު އާއި ބަ. ކަމަދު އަށް ވެސް ސީޕްލޭންގެ ހިދުމަތް ފަށައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު