
އިނގިރޭސި ނޫސް އެޖެންސީ ރޮއިޓާސް އިން ބުނާ ގޮތުގައި ސީރިއާގައި ތިބި ރިވޮލިއުޝަނަރީ ގާޑުން މިހާރު ބަރޯސާވާނީ އެތަނުގެ އިއްތިހާދުގެ ޝީއީ މިލިޝިއާތަކަށް ކަމަށް ތަފާތު ފަސް ފަރާތަކުން ބުނާ ކަމަށެވެ. މީގެ ދިހަ އަހަރު ކުރިން ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދަށް އެހީތެރިވުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އައި ފަހުން ސީރިއާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.ސީރިއާގެ ވެރިރަށް ދިމިޝްގުއަށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަތަރު މެމްބަރަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ސީރިއާގައި ހުންނަ އެ ފޯސްގެ ޖާސޫސީ ޔުނިޓްގެ ވެރިޔާ ވެސް ހިމެނެ އެވެ.ޑިސެމްބަރު މަހުން ފެށިގެން ސީރިއާގައި އިސްރާއީލުން ދިން ހަމަލާތަކުގައި އިންޓެލިޖެންސް ޖެނެރަލުން ހިމެނޭ ގޮތަށް ރިވޮލިއުޝަނަރީ ގާޑްސްގެ ބައި ޑަޒަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.ސީރިއާގެ ތަފާތު ތިން މަސްދަރަކުން ރޮއިޓާސް އަށް ބުނީ ތެހެރާނުގައި ހަރުކަށި ފިކުރުގެ މީހުން ޑިމާންޑް ކުރަމުން އަންނަނީ އެ ހަމަލާތަކުގެ ބަދަލު ހިފުމަށެވެ.މަސްދަރުތަކުން ބުނާ ގޮތުގައި އީރާނުގެ އިސް އޮފިސަރުން ސީރިއާއަށް ނެރެން ނިންމީ މެދުއިރުމަތީގައި ސީދާ ހަމަނުޖެހުންތަކެއް ހިނގަމުންދާތީ އެވެ. އެހެންކަމުން އީރާނުން ސީރިއާ ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތެވެ.މި ނިންމުމުން ދޭހަވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދިނުމަށް ފަހު ފެށި ހަނގުރާމައިގެ ނަތީޖާ މެދުއިރުމަތީގައި ފުޅާވެގެން ދިޔުން ކަމަށްވެސް އިނގިރޭސި ހަބަރުތައް ބުނެއެެވެ..