ޚަބަރު
އިސްލާމް-ދިވެހި ޔޫއޭއީގައި ކިޔައިވައިދިނުމަށް ރިވެލި އިފްތިތާހުކޮށްފި
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފި އެވެ.


"ރިވެލި" ޕްރޮގްރާމްއަކީ، ބޭރު ގައުމުތަކުގައި ތިބޭ ދިވެހިންނަށް އޮންލައިންކޮށް އިސްމާލް ދިވެހި ކިޔަވައިދިނުމަށް ސަރުކާރުން ފެށި ޕައިލެޓް ޕްރޮޖެކްޓެކެެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ޕްރޮގްރާމް ފެށުމާއެކު އެހެން ގައުމުތަކުގައި ތިބި ދިވެހިން ވެސް މި ހިދުމަތަށް އެދެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ މި ޕްރޮގްރާމް އަދި ވެސް އިތުރަށް ފުޅާކޮށް، އެހެން ގައުމުތަކުގައި ވެސް ފެށުމެވެ.

ރައީސް އޮފީހުން ވަނީ މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރޭ ޔޫއޭއީގައި އުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން އިފްތިތާޙް ކުރި ޕްރޮގްރާމެއް ކަމަށް ބުނެފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު