ދުނިޔެ
ސިންގާ ތަކެއްގެ ނަން ބަދަލުކުރަން ހައިކޯޓުން އަމުރެއް ނެރެފި
"އަކްބަރު" ސިންގާ އާއި އޭނާގެ ދަރި ސިންގާ ކަމަށްވާ "ސީތާ" ގެނަން ބަދަލުކުރުމަށް އިންޑިއާގެ ހައިކޯޓުން އަމުރުކޮށްފި އެވެ.

"ބާ އެންޑް ބެންޗް' އާއި ހަވާލާދީ އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮލްކަތާ ހައިކޯޓުން ބުރާސްފަތި ދުވަހު މިއަމުރު ނެރުނީ ހުޅަނގު ބެންގަލް ސަރުކާރަށް އަމުރުކޮށްފަ އެވެ. 

އެއަމުރުގައި ވަނީ ބެންގަލް ސަފާރީ ޕާކުގައި ތިބި ޖަނަވާރުންނަށް މާތް މީހުންނާއި ކަލާނގެ ތަކުގެ ނަމުން ނަންދީފައިވާތީ އެކަމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގެ ސަބަބުން އެވެ. 

ސީތާއަކީ މުގަލް އެމްޕަޔަރގެ ދުވަސްވަރު އިންޑިއާ މީހުން ކަލެއް ކަމަށްދެކުގެން އުޅުނު މީހެކެވެ. އަދި އަކްބަރު ނުވަތަ އަބޫ އަލްފާތިު ޖަލާލުއްދީން މުހައްމަދު އަކްބަރު އަކީ 1556-1605 އަށް އުތުރު އިންޑިއާގެ ވެރިކަންކުރި މީހާ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު