ވިޔަފާރި
ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށްފި
މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ، ވެމްކޯ އިން ކުޑަކޮށްދީފި އެވެ.

އާންމު ފަރާތްތަކުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް މިހާރު ނަގަނީ ޓަނަކަށް 1،060ރ. އެވެ.

ނަމަވެސް ވެމްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އާންމުން ފަރާތްތަކުން ވެހިކަލްގައި ގެންދާ ކުނީގެ ފީ 750ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު