ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކެލާ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފި
އައިމިނަތު ޝިޔާޒާ
25 ފެބުރުއަރީ 2024 - 16:57
0
comments
Tweet
Telegram
ރައީސް ޑރ މުހައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކެލާގައި ހުންނަ ޝެއިޚް އިބްރާހީމް ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކެލާގެ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ނިމިދިޔަ ސަރުކާރުން ފަށާފައިހުރި މަޝްރޫޢުތައް ނިންމަވާދެއްވުމަށާއި، މި ސަރުކާރުންވެސް ވަޢުދުވެފައިވާ ކަންކަން ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކެލާގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ އެކަނބަލުން ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އިތުރު ގަޑީގެ އިނާޔަތް ބޭނުންވާ ކަމަށާއި ބަޖެޓުގެ ދަތިކަން އެކަނބަލުން ފާހަގަކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުން: ރައީސް
2 ގަޑިއިރު ކުރިން
0
ރާއްޖެއިން ސިއްހީ ފަރުވާ ކަށަވަރު ކުރުމުގެ އަމާޒަށް ސަރުކާރުން ދަނީ ވާސިލުވަމުން: ރައީސް
3 ގަޑިއިރު ކުރިން
0
ކޮންމެ ދިވެހި ދަރިޔަކީ ގައުމަށް މުހިންމު އަގުހުރި ދަރިއެއް: ރައީސް
16 ގަޑިއިރު ކުރިން
0
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިންޑިއާއިން ރާއްޖެ އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
1 ގަޑިއިރު ކުރިން
0
ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުން: ރައީސް
1 ގަޑިއިރު ކުރިން
0
ދުންފަތުގެ ވިޔަފާރި ދޫކޮށްލަން ރައީސް އެދިވަޑައިގަންނަވައިފި
2 ގަޑިއިރު ކުރިން
0
ރާއްޖެއިން ސިއްހީ ފަރުވާ ކަށަވަރު ކުރުމުގެ އަމާޒަށް ސަރުކާރުން ދަނީ ވާސިލުވަމުން: ރައީސް
2 ގަޑިއިރު ކުރިން
0