ވިޔަފާރި
ދިރާގުން ރޯދަ މަހަށް ހާއްސަ މުޅިން އާ އޮފާތަކެއް ތައާރަފްކޮށްފި
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު
ދިރާގުން މި އަހަރުގެ ރޯދަމަހަށް "ހެޔޮ ހިތުން" ތީމެއްގެ ގޮތުގައި ކަނޑައަޅާ ރޯދަ އޮފާތައް ތައާރަފްކޮށްފި އެވެ.

އެގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ވަނީ މި އޮފަތަކާއި އެ ކުންފުނީގެ ރަމަޟާން މަހުގެ ހާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

މި އޮފާތައް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖަރު، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވީ މި އަހަރު "ހެޔޮ ހިތުން" ތީމެއްގެ ގޮތުގައި ކަނޑައެޅީ ހެޔޮ ހިތުން އެކަކު އަނެކަކަށް ކަންތައްތައް ކޮށްދިނުމަށް މުޖުތަމައަށް ހިތްވަރު ދިނުމަށް ކަމަށެވެ.


ދިރާގު އެޕް މެދުވެރިކޮށް 4 ވަރަކަށް އޮފާސް ތައާރަފު ކުރެވިފައިވާއިރު އޭގެތެރޭގައި ކަސްޓަމަރުންނަށް ސަޕްރައިޒް ތަކަކާއި ހަދިޔާތަކެއް ލިބިގެންދާނެއެވެ. އަދި މި ޕްރޮމޯޝަންތައް ކުރިއަށް ދާނީ 9 މާޗު ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ.

ޕޯސްޓްޕެއިޑް އަދި އެހެނިހެން ކަސްޓަމަރުންނަށް ދިރާގުއެޕް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް ރޯދަމަހު ބައްލަވައިގައްނަވާ ކޮންމެ ބޫސްޓާއަކަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކުރައްވާ ބޫސްޓާރ ތަކަށް އިތުރު ޑޭޓާ އެއަގުގައި ލިބިގެންދާނެއެވެ.

"ޝެއަރަ ޔުއަރ ހެޕިނެސް" މި ފުރުސަތުގެ ދަށުން ކަސްޓަމެރެއް ދިރާގު އެޕް ބޭނުންކުރައްވައިގެން ކޮންމެ ދުވަހެއްގެ 4 އަކުން 9 އަކާއި ދެމެދު ހާއްސަ ސަޕްރައިޒް ހަދިޔާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ސްކްރެޗް ކޮށްލައްވައިގެން ކަސްޓަމަރަށް ޑޭޓާ އެޑްއޮން އެއް ލިބިގެންދާނެއެވެ. މީގެ އިތުރުން އެ ބޭފުޅަކަށް އެދުވަހަކު ލިބިލައްވާ ޑޭޓާ އެހެން ބޭފުޅަކަށް ހަދިޔާ ކުރުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެއެވެ.

ދިރާގު އެޕް މެދުވެރިކޮށް ނަންގަވާ އެޑްއޮން އެއް ނުވަތަ ބޫސްޓާއެއް ބައްލަވައިގައްނަވާ ކޮންމެ ކަސްޓަމަރަކަށް އިތުރު ހަދިޔާއެއް ލިބިގެންދާނެއެވެ. މި ހަދިޔާ ލިބިލައްވާނީ އެޕް މެދުވެރިކޮށް ހިދުމަތެއް ނަންގަވާއިރު ކަސްޓަމަރަށް ލިބިލައްވާ ލިންކަކަށް ފިއްތަވާލެއްވުމުންނެވެ. އެގޮތުން މި ލިންކްގައިވާ ގޭމެއް ކުޅެލެއްވުމުން އެފަރާތަކަށް ހާއްސަ ހަދިޔާއެއް ލިބިގެންދާނެއެވެ.

އޭގެ އިތުރުން ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކަސްޓަމަރ އަށް "ހިތެއް" ލިބިގެންދާނެ އަދި އެ ހިތްތަށް އެއްކޮށްގެން ވަކި އަދަދެއް ހަމަ ވުމުން ކަސްޓަަމަރުންނަށް ހަދިޔާ ތަކެއް ލިބިގެންދާނެއެވެ. އިތުރު ފުރުސަތުތަކަށް ބަލާއިރު ދިރާގު އީޒޯން މެދުވެރިކޮށް ގޭމްތަކެއް ހިލޭ ކުޅެލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ދިރާގު އެޕް މެދުވެރިކޮށް މި ފުރުސަތުތައް ފަހި ކޮށްދެވައިފައި މިވަނީ އެ އެޕް މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ބޭނުންކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ގޮތައްކަމަށް ދިރާގުން ބުނެފައިވެއެވެ.

އަދި ދިރާގު އީޒޯންއަކީ މުނިފޫހިފިލުވުމަށް ހާއްސަ ކުރެވިގެން ތައާރަފު ކޮށްފައިވާ ޒޯންއެެއްކަމާއި މިޒޯން މެދުވެރިކޮށް ގޭމްސްތަކުގެ އިތުރުން ގިފްޓް ކާޓްވެސް ލިބިގެންދާނެއެވެ. ރޯދަ ބޯނަސްގެ ނަމުގައި 25 ރުފިޔާ ހޭދަކޮށްލައިގެން ކޮންމެ ދުވަހަކު ދިރާގު އެޕް ބޭނުން ކުރައްވާފަރާތްތަކަށް ދިރާގު އެޕް މެދުވެރިކޮށް ގޭމެއް ކުޅެލައްވައިގެން ހިލޭ ބޯނަސްއެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ދިރާގުން މިފަހަރުވެސް އެ ކުންފުނިން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގުޕޭ އެޕް އަދި ވެމް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އެވެ. 

ދިރާގުން ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ގުޅުވައިގެން ދަނީ ކަސްޓަމަރުންނަށް ހާއްސަ އައު އޮފާތައް ގެނެސްދެމުންދާއިރު، މި ރޯދަ މަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު