ވިޔަފާރި
ދިރާގު އީދު ބޯކިބާ ހަރަކާތް މާދަމާ އޮންނާނެ
ދިރާގުން އީދު ދުވަސްތަކުގައި ކުރިއަށް ގެންދާ "އީދު ބޯކިބާ" ހަރަކާތް މާދަމާ ފާހަގަކުރާ ފިތުރު އީދުގެ މުނާސަބަތުގައި ވެސް އޮންނާނެކަން އިއުލާނުކޮށްފި އެވެ.

"ދިރާގު އީދު ބޯކިބާ" ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު ހެނދުނު 7:30 ގައި:

  • އާޓިފިޝަލް ބީޗް، މާލެ
  • ސިންތެޓިކް ޓްރެކް، ހުޅުމާލެ
ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ އަނެއްކާ ވެސް "ދިރާގު އީދު ބޯކިބާ" އާންމުންނާ ހަމައަށް ގެނެސްދީ، ހުރިހާ ފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަނެއްކާވެސް 'ދިރާގު އީދު ބޯކިބާ އާންމުންނާއި ހަމައަށް ގެނެސްދީ، ތިޔަ ހުރިހާފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތަށް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރިމުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮ ހިތުން ކަމެއް ކޮށްދެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑްއިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގަރޫހު އާލާކޮށްދޭފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު