ދަރުސް ދިނުމުގެ ހުއްދަ ޝައިހް ނިޝާނަށް އަލުން ދީފި
އަލީ ރާޒީ
11 މާޗް 2024 - 13:28
0 comments
ޝެއިހު ނިޝާން (ކ) އަދި ފަޒްލޫން:
މީގެ ދެ އަހަރު ކުރިން ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް ހިންގި ހަރަކާތެއްގެ ތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށް ޖިނާއީ ދައުވާ އުފުލައި، އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި، ޝެއިހް ފަޒްލޫން ބިން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާންއަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުންދީފި އެވެ.
މި ބޭފުޅުންނަށް އަލުން ހުއްދަ ދީފައި ވިޔަސް، ޔޯގާ ހަމަނުޖެހުމާ ގުޅިގެން އުފުލި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާގެ ޝަރީއަތް އަދި ނުނިމެ އެވެ.ނިޝާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުން ހިފަހައްޓާފައިވާ ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ، މި ސަރުކާރުން އިއްޔެ އަލުން އަނބުރާ ދީފައިވާ ކަމަށެވެ."މި ފުރުސަތުގައި އިސްލާމިކް މިނިސްޓްރީއަށް، ވަކިން ހާއްސަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނިޝާން ވިދާޅުވި އެވެ.ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.ޖޫން 2021 ގައި ހިންގި ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ފަޒްލޫނާއި ނިޝާން ހިމެނެ އެވެ. އެކަމަކު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ ފަޒުލޫނާއި ނިޝާން ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި 18 މީހަކަށް ދައުވާކުރި އިރު ނިޝާނާއި ފަޒްލޫން ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު