ޚަބަރު
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައިފި
"ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

އެ މަނިކުފާނު އުފެއްދެވި އާ އިދާރާއަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދި ތަނެކެވެ

"ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެ އެވެ. މީގެ އިތުރުން  ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުން މި އިދާރާ އުފެއްދުމުގެ މަގްސަދުގައި ހިމެނެއެވެ. 

މީގެ އިތުރުން ސައިބާ ސެކިއުރިޓީގެ ދާއިރާ އިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތް ކުރުން މި އިދާރާ އުފެއްދުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވެ އެވެ. "ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ" އަށް ދިވެހި ބަހުން ބޭނުން ކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބާ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ" އެވެ. 

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެހުމުގައި މި އެޖެންސީއަށް ލިޔާ ސިޓީގައި ޖެހުމަށް ހަމަޖެހިފައިވާ ނަންބަރަކީ 500 އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު