ބްރޯޑްކޮމްއަށް ނުޒުހާ އައްޔަންކޮށްފި
މަރިޔަމް އަނާ
18 މާޗް 2024 - 23:52
0 comments
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް މިއަދު އައްޔަނު ކުރި ނުޒުހާ--
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރު ކަމަށް މަޖިލީހުން ރާއްޖެ ޓީވީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާއަށް ރުހުންދިނުމަށްފަހުގައި ގިނަ ދުވަސްތަކަކަށްފަހު އެ މަގާމަށް އޭނާ އައްޔަނު ކޮށްފިއެވެ.ނުޒުހާ އެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވާފައިވީ ނަމަވެސް، ކުރިން އަމަލު ކުރާތާ ގޮތާ ހިލާފަށް ނުޒުހާ އަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުުގައެއް ނޫނެވެ.އެ މަގާމަށް ނުޒުހާ އައްޔަނު ކުރުމަށް މަޖިލީހުން އޭނާއަށް ރުހުން ދިނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.އެ އޮފީހުން އަމަލުކުރަމުން އައި ގޮތް ކުއްލިއަކަށް ބަދަލުކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ. ނުޒުހާގެ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ނަން ފޮނުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ނުޒުހާގެ އިތުރުން ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.
ކިޔުންތެރިންގެ ޝުއޫރު