ޚަބަރު
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް އަލުން މެންބަރުން އައްޔަންކުރުމަށްޓަކައި ބޯޑުގައި ބައިވެރިވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކުން ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ އިން މިއަދު ވިދާޅުވީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސއްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫޏުގެ 1-59 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ވުޒާރާ އިން ކުރަމުންދާ ކަމަށެވެ.

އެ ބޯޑުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.

މި ބޯޑުގައި ބައިވެރިވާން އެދޭ، ދާއިރާތަކުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރުމުގެ ފުރުސަތުވެސް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނި ހުޅުވާލާފަ އެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ދާއިރާތައް:
1- ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
2- ކޮންސްޓްރަކްޝަންގެ ސިނާޢަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
3- އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
4- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
5- ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން

އެޑްވައިޒަރީ ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކުން 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފޯމު () ފުރުމަށް ވަނީ އެދިފަ އެވެ.

މިދިޔަ ސަރުކާރުން އެކުލަވާލި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި 11 މީހަކު ހިމެނިއެވެ.

  1. ޑެޕިއުޓީ މިނިސްޓަރ، އިގްތިސާދީި ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާސަރުކާރު (ޗެއާޕާސަން)
  2. މުހައްމަދު ފައިޒަލް، ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް
  3. އަހުމަދު ޒުބައިރު އާދަމް، އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރ
  4. އަދުނާން ހަލީމް، ޖެނެރަލް ސެކްރެޓަރީ
  5. ޝާއިރާ ސަލީމް، ޗެއާޕާސަން
  6. އިބްރާހިމް އަލީ ޖަލީލް، ނައިބު ރައީސް
  7. މައުރޫފް ޒާކިރު، ސެކްރެޓަރީ ޖެނެރަލް
  8. ފާތިމާ ޒިމްނާ، ސެކްރެޓަރީ ޖެނެރަލް
  9. އަހުމަދު ނާޒިމް، ޓެކްނިކަލް އެޑްވައިޒަރ
  10. އައިޝަތު ރުޚުސާނާ، ރައީސް
  11. އަހުމަދު ސަލާހް، ރަޖިސްޓްރާރ
މިދިޔަ ސަރުކާރުން މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު