ޚަބަރު
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤައުމީ ސަލާން ކިޔަން ފަށައިފި
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން އެސެމްބްލީގައި ގައުމީ ސަލާމް ކިޔަން ފަށަން ފަށައިފި އެވެ.

ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ކަނޑައަޅުއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އަދި، ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ވެސް ގައުމީ ސަލާމުން ފައްޓަން އަންގާފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރު ދިވެހި ސްކޫލުތަކުގައި 84،200 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

މި އަހަރަކީ، އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފަށާނެ އެންމެ ފަހު އަހަރެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ކިޔެވުން އަނެއްކާ ވެސް ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރަން ނިންމައިފަ އެވެ. ނަމަވެސް އެ ބަދަލު ގެނެސް ކިޔަވައިދޭން ފަށާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު