ޚަބަރު
އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ރަޝީދު
އެމްކިއުއޭގެ ސީއީއޯ އަކަށް އައްޔަނު ކުރެއްވި ފިޒާނާ ރަޝީދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ އަކަށް, ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު އައްޔަންކޮށްފި އެވެ.

ފިޒާނާ އައްޔަނު ކުރެއްވުމުގެ ކުރިން އެ މަގާމު ފުރުއްވީ ޑރ. އަބްދުލް ހައްނާނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ފިޒާނާ އެ މަގާމަށް އައްޔަން ކުރައްވައި އޭނާއަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއެކު އެމްކިއުއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ.

މީގެ ކުރިން އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ފިޒާނާ ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންކަން ވެސް ކުރައްވާފައެވެ.

ފިޒާނާއަކީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތައެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު