ޚަބަރު
ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯން ދޭން ނިންމައިފި
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން މިރޭ ހާމަކުރެއްވީ ވަޒީރުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މިހާރު ކުރިއަށްދާ "އަހާ" ޕްރޮގްރާމްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުންވެސް ކިޔެވުމަށް ފުރުސަތު ލިބޭ ގޮތަށް ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިއަށް އޮތް މެއި ދެވަނަ ދުވަހު ހަމަވާނެ އެވެ. 

ސްޓޫޑެންޓް ލޯނަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 28ގަ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މުއްދަތު މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ވަނީ މިފަހަރު ހުޅުވާލާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު