އައިމިނަތު ޝިޔާޒާ
25 ޑިސެމްބަރ 2023 - 15:51
2 comments
ދިވެހި ޒުވާނުން ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތަކެއް "ދިވެހިންނަށް ޚާއްސަ މަސައްކަތްތަކެއް"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ޒުވާނުންގެ ކުރިއެރުމަށް ވަޒީފާތައް ހާއްސަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހުށަހެޅުއްވީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް މިނިސްޓަރެވެ.ނާޒިމް ވިދާޅުވި ގޮތުގައި ވަރަށް ފުޅާކޮށް މަޝްވަރާކުރުމަށް ފަހު ގިނަ ދާއިރާތަކެއް، ވަކި ތާވަލުތަކެއްގެ މައްޗަށް ބަހާލައިގެން ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
ދިވެހިންނަށް ހާއްސަ ކުރާ ބައެއް ދާއިރާތައް
- ހެއާ ޑްރެސާ- ބިއުޓިޝަނުން- ބޭބީ ސިޓިން- ޕާސަނަނަލް ޓްރެއިނަރުން- އިލެކްޓްރިޝަނުން- ގެސްޓް ރިލޭޝަން އޮފިސަރުން- ޓުއާ ގައިޑުން- ޑައިވަރުން- ފޮޓޯ ގްރަފަރުން- އިލެކްޓްރިކަލް އިންޖިނިއަރުން- ހައުސްކީޕިން މެނޭޖަރުން- ހިއުމަން ރިސޯސް މެނޭޖަރުން- ފްރޮންޓް އޮފީސް މެނޭޖަރުން- އެކައުންޓެންޓުން- އިމާމުން- ނަރުހުން- ޓީޗަރުން- އިންސްޕެކްޓަރުން- ސާވޭ ކުރާ މީހުން- ސައިޓް ސުޕަވައިޒަރުން- ޕައިލެޓުންއެ ދާއިރާތަކަކީ ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތަކަށް ތާވަލެއް އެކުލަވާލައިގެން އެކަން ކުރުމަށް ކެބިނެޓުން އިއްޔެ ރައީސްއަށް ލަފާ އަރުވާފައި ކަމަށާއި އެ ލަފާއެއްގޮތަށް އެ ދާއިރާތައް ދިވެހިންނަށް ހާއްސަ ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.