ޚަބަރު
ޗައިނާއިން ރާއްޖެއަށް 10 ޕިކަޕު ހަދިޔާކޮށްފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 ޕިކަޕް އިއްޔެ ހަދިޔާކޮށްފި އެވެ.

ޗައިނާގެ ޝަންޑަންގް ޕްރޮވިންސްއިން ހަދިޔާކުރި މި ވެހިކަލްތައް ސަރުކާރާ ހަވާލުކޮށްފައި ވަނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ވަންގް ލީޒިންގެވެ. 

ސަރުކާރުގެ ފަރާތުން މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

ޗައިނާ ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކުން، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި އުފުލުމަށާއި އެހެނިހެން އާންމު މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

ޗައިނާ އިން މި ފަހުން އަންނަނީ ރާއްޖެ އަށް ތަފާތު އެކި އެހީތައް ފޯރުކޮށް ދެމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު