ދުނިޔެ
ކޮސޯވޯގައި ތުރުކީ ބަހަކީ ރަސްމީ ބަސް ކަމުގައި ކަނޑައަޅައިފި
ކޮސޯވޯގެ ރައީސް ޖޯސާ އޮސްމާނީ
ކޮސޯވޯގެ ނޯތު މިޓްރޮވިކާގެ ރަސްމީ ބަހަކީ ތުރުކީ ބަސް ކަމުގައި ކަނޑައަޅައިފި އެވެ.

ގިނަ ނަސްލު ތަކުގެ މީހުން ދިރިއުޅޭ ކޮސޯވޯގެ‏ އެ ޕްރޮވިންސުގެ ރަސްމީ ބަސް ކަމުގައި ތުރުކީ ބަސް ހަމަޖެއްސީ، ކޮސޯވޯ ޑިމޮކްރެޓިކް ތުރުކީ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްވުމާއި ގުޅިގެންނެވެ. 

ވިއްސަކަށް ހާސް ގާތްކުރާ އަދަދަކަށް ތުރުކީ މީހުން ވަޒަންވެރިވެގެން އުޅޭ ކޮސޯވޯގެ ގާނޫނުން، އެޕްރޮވިންސެއްގައި ދިރިއުޅޭ މީހުން އާއްމުކޮށް ވާހަކަ ދައްކާ ބަހަކީ ރަސްމީ ބަސްކަމުގައި ހެދުމަށް ހުރަހެއް ނޯވެއެވެ. 

ކޮސޯވޭގެ އާބާދީގެ ބައިލައްކައެއްހާ މީހުން މިހާރުވެސް ވާހަކަ ދައްކާ އުޅެނީ ތުރުކީ ބަހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު