ވިޔަފާރި
ކުންފުނިތަކަށް ޕީސީބީން އެވޯޑެއް ދޭން ނިންމައިފި
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ހތްވަރުދީ ބާރު އެޅުމުގެ ގޮތުން "ގަވަނަންސް އެވޯޑު" ގެ ނަމުގައި އެވޯޑެއް ދޭން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނިންމައިފި އެވެ.

"ގަވަނަންސް އެވޯޑު" ގެ ނަމުގައި މި އެވޯޑް ދޭން ނިންމާފައި ވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ހިތްވަރުދީ ބާރު އެޅުމުގެ ގޮތުންނެވެ.

ޕީސީބީން ބުނީ "ގަވަނަންސް އެވޯޑް" ދިނުމުގެ އުސޫލު ވެސް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި އެވޯޑުގެ މައުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

"ގަވަނަންސް އެވޯޑް" ދޭން ހަމަޖެހިފައި ވަނީ ޕީސީބީން އެކުލަވާލާ މިނިވަން ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީ ވަރަށް އަވަހަށް އެކުލަވާލެވޭނެ ކަމަށް ވެސް ޕީސީބީން ބުނެއެވެ.

މި އެވޯޑާ ބެހޭ ގޮތުން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން ވިދާޅުވީ "ގަވަނަންސް އެވޯޑް" ދިނުމުގެ އުސޫލު ވެސް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި އެވޯޑުގެ މައުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ "ގަވަނަންސް އެވޯޑް" ދޭން ހަމަޖެހިފައި ވަނީ ޕީސީބީން އެކުލަވާލާ މިނިވަން ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީ ވަރަށް އަވަހަށް އެކުލަވާލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު