ޚަބަރު
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީ ގެއަށް ބަދަލުވެ ވަޑައިގެންފި އެވެ. އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެ މެންދުރު ފަހުއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު ނައިބު ރައީސް ހިލާލީގެއަށް ދިރިއުޅުން ބަދަލުނުކުރައްވައި ހުންނެވީ ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާތީއެވެ.

އޯކިޑް މަގުގައި ހުންނަ ހިލާލީގެއަކީ ނައިބް ރައީސްއަށް ހާއްސަ ގެކޮޅެވެ.

ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ނައިބު ރައީސް ހުސައިން އާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އުޅުއްވި ގޭގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު