ޚަބަރު
ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ނަޝީދު މާލެ ވަޑައިގަންނަވަނީ
މިވަގުތަށް ސިޔާސީ ކަންކަމާއި ދުރަށް ޖެހިވަޑައިގަންނަވާ ކަން ހާމަކުރެއްވުމަށް ފަހު ދަ ޑިމޮކްރެޓްސްގެ ޓިކެޓް ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނަޝީދު، ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގެންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ވަޑައިގަތުމަށެވެ. އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް މިވަގުތު ހުންނެވީ ގާނާގައެވެ.

މަޖިލިސް އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ހަސަން ލަތީފްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައިވާ ގޮތުން ނަޝީދު މާލެ ވަޑައިގެން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް އޮންނާނީ މި މަހު 19، އަދި 20، ގަ އެވެ. އިންތިހާބު އޮތީ 21، ގަ އެވެ.

އެގޮތުން 19، ވަނަ ދުވަހު ވިލިމާލޭގެ ޑިމޮކްރެޓްސްގެ ޖަގަހަ ކުރިމަތީ ބާއްވާ ކެމްޕެއިން އެއްވުމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ދުވަހުގެ ރޭ "ރައީސް ނަޝީދު ލެޖިސްލެޓިވް އެޖެންޑާ" ހުށަހެޅުމުގެ ހަރަކާތެއް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ކެމްޕެއިން ނިންމާލުމުގެ ގޮތުން ހުޅުމާލެ ރުއްގަނޑުގައި 20، ވަނަ ދުވަހު އޮންނަ އެއްވުމުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހަސަން ލަތީފުގެ ޕޯސްޓުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު