ޚަބަރު
ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީއަށް
މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48.4 ޑިގްރީ ސެލްސިއަސްގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އިހުސާސް ކުރެވޭ ހޫނުމިން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހުރީ 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައި ކަމަށެވެ.

"ދުވަހުގެ ހޫނު މިން އާންމު ގޮތެއްގައި އެންމެ މައްޗަށް އަރާނީ މެންދުރު ކުރި 11:00 އިން ފެށިގެން މެންދުރުފަހު 15:00 ދެމެދު." އެ އޮފީހުން ބުންޏެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް ހޫނު މިން 45 ޑިގްރި ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންވެ ގަދަ ހޫނުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރި އެވެ.

މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާ މަތިވުމުގެ ސަބަބުން ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެކަންކަން ފާހަގަކޮށް، ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިއްމެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު