ޚަބަރު
ވަޒީފާގެ ބިރު ދައްކައިފި؛ މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދެއްކެވި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު)
ޅ. ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުލުމަށް މަޖުބޫރު ކުރި ކަމަށް ބުނާ މައްސަލައެއް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

ހިންނަވަރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުޙައްމަދު އަބްދުއްރަހުމާންގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ މީހަކު ވާހަކަ ދައްކަމުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ގުޅައި އެއްބާރުލުން ދޭން އަންގަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނާ ގުޅިވަޑައިނުފެންފިނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން އިނގޭތޯ. މިކަންކޮށްގެން ނޫނީ ކާމިޔާބު ކުރުމަށް އަޅުގަނޑުމެންނަށް ދަތިތަކެއް އެކުލެވިގެން ހިނގައިދާނެ،" ޕޯޑިއަމްގައި ހުރެ ވާހަކަ ދައްކަމުން އެ މީހާ ބުންޏެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް ވަޒީފާގެ ބިރު ދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ނުދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެއެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު