ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމްއެންޑީއެފްއަށް ކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ހަދިޔާކޮށްފި އެވެ.
ސިފައިންގެއަށް އެ ތަކެތި ހަދިޔާކުރީ ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
އިއްޔެ ސިފައިންގެ ބަންޑާރަކޮށީގައި ބޭއްވިރަސްމިޔާތުގައި، ސިފައިންގޭގެ ފަރާތުން މުއާސަލާތީ އެ އިކުއިޕްމަންޓްސްތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަތީފެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕްރޯލައިންގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ސަބަބުން ސިފައިންގެ ސަވައިލެންސް ކެޕޭސިޓީ އިތުރު ކުރެވެ އެވެ.