ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި
އަލީ ރާޒީ
18 އޭޕްރީލް 2024 - 10:54
0
comments
Tweet
Telegram
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ވަޒިފާއިން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
ޢަބްދުއްރަޙީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ. ސިފައިންގޭގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި:
ޗީފް އޮފް ޑިފެންސް ފޯސް
ވައިސް ޗީފް އޮފް ޑިފެންސް ފޯސް
ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަން
ކޯ ކޮމާންޑަރުކަން
އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން
ސިފައިންގެ ތަރުޖަމާނުކަން
ސިފައިންގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު
ޢަބްދުއްރަޙީމްގެ ޚިދުމަތާ ގުޅިގެން 12 މެޑައްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާތީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ގައުމީ އިނާމު ވެސް 2021 ވަނަ އަހަރު ހާސިލުކުރެއްވި އެވެ.
ސިފައިންގެ މައިމަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އާ ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫންއެވެ.
މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަހީމް އާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
21 ގަޑިއިރު ކުރިން
0
ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
24 ގަޑިއިރު ކުރިން
0
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި, މީހަކު ގެއްލިއްޖެ
3 ދުވަސް ކުރިން
0
ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ
11 ދުވަސް ކުރިން
0
ޑްރޯން ބޭނުންކޮށް، ގެއްލުނު ދޯނި ހޯދައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށައިފި
2 މިނެޓް ކުރިން
0
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު
26 މިނެޓް ކުރިން
0
ނޫސްވެރިން ހިމާޔަތްކުރާނަން: ސަރުކާރު
36 މިނެޓް ކުރިން
0
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް
42 މިނެޓް ކުރިން
0