ޚަބަރު
އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވާތީ އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި
ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އަންނަ ހަފުތާގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާއަށް ބިރާއި ނުފޫޒު ފޯރުވާތީ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމްއިން މިއަދު ގޮވާލައިފި އެވެ.

އެ ކޮމިޝަނުން އިއްޔެ ނޫސް ބަޔާނެއް އާންމުކޮށް، އޭގައި ބުނީ މަޖިލިސް އިންތިހާބާ ގުޅިގެން ވަޒީފާގެ ބިރު ދެއްކުމުގެ އަމަލުތައް ހިންގާ ކަމަށް ސޯޝަލް މީޑިއާ އާއި ހަބަރުތަކުގައި ދައުރުވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެކަމާ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން އެފަދައިން ހިންގާ އަމަލުތައް ކުށްވެރިކޮށް އެކަންކަން ކުރާ މީހުނާ މެދު ފިޔަވަޅު އަޅަން ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައި ވެސް ވެއެވެ.

"... އެއްވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް، ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަކަށް އުނިކަން އަތުވެދާނެ ކަންކަމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުވައްސަސާތަކަށް ގޮވާލަމެވެ."

މަޖިލިސް އިންތިޚާބަށް ކުޑަތަންވަމުން އަންނައިރު އިންތިޚާބުގައި ވާދަކުރާ އެންމެހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވަދަވެރިކަމާއެކު ކެމްޕެއިން ކުރުމުގެ އެންމެހާ ކަންކަން ކުރިއަށްގެންދިއުމުގައި އެއް ކެންޑިޑޭޓެއް އަނެއް ކެންޑިޑޭޓަށް އިހްތިރާމް ކުރުމަށާއި ރިވެތި އަހްލާޤާއި ސުލޫކު އިސްކުރުމަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މަޖިލިސް އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކާ ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުން މަސައްކަތް ކުރުމުގައި ޤާނޫނީ އިމުގެ ތެރޭގައި ވާދަވެރި ރޫހެއްގައި މަސައްކަތް ކުރުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި އެދުނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު