ޚަބަރު
އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލު ރައީސް ތަސްދީގު ކުރި ކަން އަދި ސަރުކާރުގެ ގެޒެޓުގައި ގާނޫނެއްގެ ގޮތުގައި ޝާއިއުކޮށްފައިވާ ކަން، ރައީސް އޮފީހުގެ ވެބްސައިޓުގައި ދެންމެ ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރީ ވެސް މި ހިނގާ އޭޕްރީލް އެކެއްގަ އެވެ. ޖެމްސް ސިސްޓަމް މެދުވެރިކޮށް ރައީސް އޮފީހަށް އެ ބިލު ފޮނުވާފައިވެ އެވެ.

އެހެންވެ މިއަދުގެ ނިޔަލަށް ބިލު ތަސްދީގުކުރުމާ މެދު ގޮތެއް ނިންމަން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މުއްދަތު ހަމަވެ އެވެ.

އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މި ބިލު ފާސްކުރީ 33 މެމްބަރުންގެ ވޯޓުންނެވެ. ހަ މެމްބަރަކު ދެކޮޅަށް ވޯޓު ދިނެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ ބިލު ތަޅުމަށް ފޮނުވުމުގެ ކުރިން ބޮޑެތި އިސްލާހުތަކެއް ވެސް ގެނެސްފަ އެވެ.

އެމްޑީޕީގެ ހަތް މެމްބަރުންގެ މައްޗަށް އެކުލަވޭ ކޮމިޓީން ފާސްކުރި ބިލު ރައީސް ތަސްދީގު ކުރެއްވިއިރު ބިލު ފާސްކުރުމުގެ ކުރިން ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އޭގައި ވަނީ އިސްތިއުފާ ދޭންޖެހޭނެ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު