ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައްޔިތުންގެ ފަރާތުން ބޭނުންވަނީ ވަރަށް ކުޑަކުޑަ ޕުޝްއެއް: ރައީސް
މަރިޔަމް އަނާ
20 އޭޕްރީލް 2024 - 00:44
0
comments
Tweet
Telegram
މި ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރުން ކަމަށައި އެކަމަށް ރައްޔިތުންގެ ފަރާތުން ބޭނުންވަނީ ވަރަށް ކުޑަކުޑަ "ޕުޝްއެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް މާލެ ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީއާ ކުރިއެރުމުގެ ފޮނި އުންމީދުގައި އައްޑޫގެ ރައްޔިތުން އެއް ބަޔަކަށް ވަރަށް ގިނަ ފުރުސަތު ދީފައިވާ ކަމަށެވެ. ބައެއް ބޭފުޅުންނަށް ވިހި / ފަނަރަ އަހަރު ވޯޓް ދީ އިންތިހާބު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ފަރާތުން އައްޑޫގެ ދާއިރާތަކަށް ނެރެފައި ތިބޭނީ ތެދުވެރި އަދި އެމަނިކުފާނު ބޭނުންފުޅުވާ ނަތީޖާ ނެރުއްވާނެ ބޭފުޅުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި އައްޑޫ ރައްޔިތުން ދެވަނަ ވިސްނުމަކަށް ނުދިޔުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. މިފަހަރުގެ އިންތިހާބުގައި ކޮންމެ ޕާޓީއެއްގައި ހުއްޓަސް އިސްކުރަންވީ އައްޑޫގެ މަސްހަލަތު ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުން ވެގެންދާނީ ފާއިތުވި ދިގު މާޒީގައި އުއްމީދު ކުރި ކަންކަން ނުވެ ދިޔަ ދިޔުން ނިމުމަކަށް ގެނެސްދޭނެ ކަމަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ އާދީއްތަ ދުވަހު ބާއްވާ އިންތިހާބުގައި އަތޮޅު ރޫހެއްގައި ނިކުމެ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށާއި އަދި ހިޔާލުތަފާތުވެފައި ތިބި ފަރާތްތަކުން ވެސް ކުރިއަށް އޮތް ވަގުތުކޮޅުތެރޭ ހިޔާލު އެއްގޮތް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
"އޭރުން ވަރަށް ބާރު ސްޕީޑުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް އަޅުގަނޑު ވައުދުވީ ގޮތަށް ކޮށްެދޭންނަން މި ފަސް އަހަރު. އެހެންވީމައި އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން ހޮވައިދޭންވީ ރާއްޖޭގެ ހުރިހާ ދާއިރާތަކަކުން. އޭގެ ނަތީޖާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
7 ގަޑިއިރު ކުރިން
0
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން
0
ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި
2 ދުވަސް ކުރިން
0
ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް
6 ގަޑިއިރު ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
7 ގަޑިއިރު ކުރިން
0
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
7 ގަޑިއިރު ކުރިން
0
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
7 ގަޑިއިރު ކުރިން
0