ޚަބަރު
ހަންކެޑެ ބުރިޖުގައި ތާރުއަޅަން ފަށައިފި
ހަންކެޑެ ބްރިޖުގައި މިހާރު ކުރަމުން އަންނަ ތާރުއެޅުމުގެ މަސައްކަތް -ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ
އައްޑޫ ހަންކެޑެއާ ދިމާލުން އަޅާފައިވާ އާ ބްރިޖްގެ 200 މީޓަރުގައި ތާރު އަޅައި ނިންމާލައިފި އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީކުރާ ހަންކެޑެ މަޝްރޫއު ސަރުކާރުން އިއުލާނު ކުރީ، ޖެނުއަރީ 2023ގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީއާ ދިމާކޮށެވެ. އެ ތަން ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފަ އެވެ.

މި މަޝްރޫއުގެ ދަށުން ބްރިޖް އަޅަނީ މަރަދޫން ފެށިގެން ގައުކެނޑިއާ ހަމައަށް ހިއްކުމަށް ފަހު، އެ ހިއްކާ ތަނުގައި ތަނބު ޖަހައިގެންނެވެ.

އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް 7 އޮގަސްޓު 2023ގައި ވަނީ އެއްކޮށް ނިންމާފަ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި ވަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން އައްޑޫގައި 1،900 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު