ޚަބަރު
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު
މިދިޔަމަހު ރާއްޖެއަށް 160،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު

  1. ޗައިނާ 83،835 ޓޫރިސްޓުން 10.9 ޕަސެންޓް ހިއްސާ
  2. ރަޝިޔާ 77،632 ޓޫރިސްޓުން 10 ޕަސެންޓް ހިއްސާ
  3. އިނގިރޭސިވިލާތް 75،253 ޓޫރިސްޓުން 9.7 ޕަސެންޓް ހިއްސާ
  4. އިޓަލީ 70،514 ޓޫރިސްޓުން 9.1 ޕަސެންޓް ހިއްސާ
  5. ޖަރުމަނު 60،033 ޓޫރިސްޓުން 7.8 ޕަސެންޓް ހިއްސާ
ޓޫރިޒަމް މިނިސްރީން ބުނާ ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1،182 ތަނެއްގައި 62،232 ޓޫރިސްޓު އެނދު ހިންގަމުން އަންނައިރު، ރާއްޖެ އަށް 40 އެއާލަނަކުން ޓޫރިސްޓުން އުފުލަ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް އައިސްފައިވަނީ 794,109 ޓޫރިސްޓުންނެވެ. އަދި މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ ކަމަށް ދައްކާއިރު މި އަދަދުން ބަލާނަމަ މިހާރު 800،000 ޓޫރިސްޓުން ވާނީ ހަމަވެފަ އެވެ.  

މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު