ވިޔަފާރި
ރާއްޖެއަށް ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެއް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 650،404 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 10.9 ޕަސަންޓް -- 71،136 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 13.6 ޕަސަންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ: 71،136 ފަތުރުވެރިން
  • ރަޝިއާ: 65،898 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 65،731 ފަތުރުވެރިން
  • އިޓަލީ: 60،709 ފަތުރުވެރިން
  • ޖަރުމަނު: 51،075 ފަތުރުވެރިން
  • އިންޑިއާ: 36،840 ފަތުރުވެރިން
  • ފްރާންސް: 24،716 ފަތުރުވެރިން
  • އެމެރިކާ: 22،508 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 15،928 ފަތުރުވެރިން
  • ޕޮލެންޑް: 14،398 ފަތުރުވެރިން
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6570 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން މިހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަަށް ސަރުކާރުން ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ 175 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 15 ހޮޓަލެއް އޮޕަރޭޓް ކުރަމުން ދެއެވެ. އަދި 843 ގެސްޓްހައުސްއަކާއި 147 ސަފާރީއެއް އޮޕަރޭޓް ކުރަމުންދެއެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު