ވިޔަފާރި
ކްރޫޒްލައިނާ އައިޑަބެލާ: 2100އަށް ވުރެ ގިނަ ފަތުރުވެރިންނާއިއެކު ރާއްޖޭގައި
އެމްއެސް އައިދިއާ ބެލާ މާލެ ކައިރީ --- ފޮޓޯ/ މާޔާ
ދެހާހަށް ވުރެ ގިނަ ފަސިންޖަރުންނާއެކު އިތުރު ކްރޫޒްލައިނާއެއް ރާއްޖެ ޒިޔާރަތްކޮށް ބަނދަރުޖަހައިފި އެވެ. މިއީ މި އަހަރުގެ ރާއްޖެ އައި އަށް ވަނަ ކްރޫޒްލައިނާ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މެލޭޝިއާއިން ފުރައިގެން ދަތުރުކޮށް މާލޭގައި މިހާރު ބަނދަރުކޮށްފައި އޮތް އިޓަލީގެ "އެމްއެސް އައިޑަބެލާ" ގައި 2،148 ފަސިންޖަރުން ދަތުރު ކުރާ ކަމަށެވެ.

"އެކި ބޭނުންތަކުގައި މާލެ ފައިބާ އުޅުނު. ބައެއް ފަތުރުވެރިން ކައިރި ރަށްރަަށް ވެސް ދިޔަ. ކްރޮސްރޯޑާއި މާފުށީގެ އިތުރުން ހުޅުމާލެ އަށް ފަތުރުވެރިން ގޮސްފަ ވަނީ،" ނަޝީދު ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ މި މަހުގެ ތެރޭގައި އިތުރު ތިން ކްރޫޒްލައިނާ މާލެ އައުމަށް ތާވާލްކޮށްފައިވާ ކަމަށެވެ.

"އެމް އެސް އައިދިއާ ބެލާ" ވަނީ މިދިޔަ ނޮވެންބަރު މަހުގެ ތޭރެގައި ވެސް މާލެއަށް އައިސްފައެވެ. އެފަހަރު ކްރޫޒްލައިނާއިން ޒިޔާރަތްކުރީ 2008 ފަތުރުވެރިންނާއި 600 ކްރޫއިންނެވެ

މި ކްރޫޒްލައިނާ މާލެ އައީ ރޭގަ އެވެ. "އެމްއެސް އައިޑަބެލާ" މާލޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ. "އެމްއެސް އައިޑަބެލާ" ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތޭރެގައި ވެސް ރާއްޖެ އައ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު