ވިޔަފާރި
ތިން މަހުން ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ
މި އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނިމުނުއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް އަރައިފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 604،004 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 523،928 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުން އޭގެ ކުރީ އަހަރާ އަޅާކިޔާއިރު %15.1 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

މާރިޗް މަހު ރާއްޖެ އައިސްފައި ވަނީ 194،227 ފަތުރުވެރިންނެވެ.

މާރިޗް މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. ޗައިނާއިން 67،339 ފަތުރުވެރިންނާއި ޒިޔާރަތްކުރިއިރު ދެވަނައަށް 61،752 ފަތުރުވެރިންނާއި އެކު ލިސްޓުގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު 58،382އަށް އަރައެވެ.

މި އަހަރު ރާއްޖެއަށް ދެ މިިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަމަޖެހެމުން އައިސް މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު