ޚަބަރު
އާއަހަރަކަށް ސްކޫލްތަކަށް ޓެކްސްޓު ފޮތްތައް ފޮނުވަން ފަށައިފި
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓު ފޮތްތައް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން ބައެއް ރަށްރަށަށް މިހާރު ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ސްކޫލުތަކުގެ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފެށިތާ 10 ވަރަކަށް ދުވަސްވެއްޖެ ކަމަށެވެ 

މާލޭގެ ސްކޫލުތަކަށް އަދި ފޮތްތަކެއް ނުލިބެ އެވެ. މާލެ ސަރަހައްދުގެ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި އެ ސްކޫލުތަކަށް ވަރަށް އަވަހަށް ފޮތްތައް ހަވާލުކުރާނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލެއް އަހަރީ ޗުއްޓީ އަށް މިދިޔަ އަންގާރަ ދުވަހު ބަންދުކުރިއިރު ކުދިންނަށް ވަނީ ރިޕޯޓު ފޮތްތަކާ އެކު ސްޓޭޝަނަރީސް ހިމެނޭ ވައުޗާތައް ދޫކޮށްފަ އެވެ.

ސުކޫލް ތަކުގެ ބޮޑު ބަންދަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު